Monthly Archives: June 2012

My mother remarried and kept it from me. I accidentally got the wind of it today. Few days ago on 2nd June I learned that my father got married as well

haraan dharin

ރަށުގަ އަހަރެމެން ގޭ ދޮށުގަ ކޮންމެ ގެއެއްގަހެން މަދުވެގެން އެއް ހަރާންދަރި އުޅޭ!

ހަމަ ހުވާ!

ކުރިން ކުޑައިރު ހިތަކަށް ނާރާ މިދެން މާ ބޮޑުކަމެކޭ. މިހާރު ދުރުގަ ހުރެގެން ވިސްނާލީމަ ލޯބޮޑުވޭ.

އޭރު މިހެން ވަނީ. ކައިރި ގެއެއްގެ އަންހެނަކު ނިކުންނާނެ ގޭދޮރުމައްޗަށް ، ގަދަޔަށް ފެން ވަރައިން ރަތް ފުށްޖަހައިން، ގުލޭނޫރު މާފައްޗެއް ބޮލުގަ އަޅައިގެން. މީ ގާތްގަނޑަކަށް އަށެއް ޖަހާއިރު.އިރުކޮޅަކުން ފިރިހެނަކު ބައިސްކަލުގަ އައިސް ކައިރި ކޮއްފާނެ. ދެމީހުން ތިބޭނެ އަޑުގެ ކޮޅަށް ހީހީފަ ސަކަ ޖަހަން ދިހައެއް ޖަހަން ދެން. ނުވަތަ އިންޖީނުގޭން ކަރަންޓުކަނޑައި، ކައިރި ގޭގެ މީހުން ދޮރުލައްޕާ ނިދަން ވަންނަން ދެން. އެހާ އިރުން އެވީ ޖޯއްޔަށް ދާން. ގިނަ ފަހަރަށް ޖޯލި އިންނާނީ ގޭގެ ގޯތި ތެރޭގެ ކޮންމެސް ހިޔާ ބޮޑު ގަހެއްދަށުގަ. ފިސާރި އަދިރި ވާނެ.
މި ގޮތަށް ދާނެ ދުވަސްކޮޅެއް ވަންދެން. ކޮންމެ ރެއަކު އެއް މަންޒަރެއް.

 ދެން ފިރިހެންމީހާ އައުން ހުއްޓިދާނެ.

އަންހެންމީހާ ގޮތް ނޭނގޭ ބައްޔަކުން ވަރަށް ބޮޑަށް ބަލިވެދާނެ. ފެން މަތުރާ ރާހުސެންބެ ގެނެސް، ފެން މަތުރާ ދުން އަޅާ ވަރަށް ކަންތައް ހިންގާނެ. ތަންގަޑު މީހުންވެސް ވަރަށް ހާސްވެ އިރުއިރުކޮޅާ ހާލު ބަލަން/ވާހަކަ ހޯދަން ދާނެ.

ދެންހަމަ ކުއްލިއަކަށް ބަލި ފަސޭހަވެދާނެ. އިވޭނެ ގޭތެރޭން ވަރަށް ޒުވާބުކުރާ އަޑު.

ދުވަސް ކޮޅަކުން ކޮންމެ ބުރާސްފަތި ދުވަހު، މާބަޑުމީހުނަށް ސިއްޙީ މަރުކަޒުގަ ހާއްސަ ދުވަހު، އެއްކަލަ އަންހެން މީހާ ރީތިވެލައިގެން ދޯޕައްޓާ އަޅައިގެން ދާތަން ފެންނާނެ.

އަހަރެމެން ކުޑަކުދިން އެކަކު އަނެކަކު ކަންފަތްދޮށުގަ ސިއްރުން ”އޭނަވެސް ބަޑު ބޮޑު ވީތަ؟”

ބަޑުބޮޑުވިކަން ޔަގީންވީމަވެސް އެހާ އުފަލެއްނުވޭ. އިނގޭވިއްޔަ ހަރާމަށް ވިހާ ދަރިން ދެކިލަން ދިޔަޔަސް ވެންބޮޅެއްވެސް ނުހުންނާނެކަން. ވެން ބޮޅަކީ ފުވައްމުލަކު މީހުން ހަޑުލުން ހަދާ ފޮނި ހަފާ އެއްޗެއް. އާދަކާދައިގެ ގޮތުން ވިހޭމަ ދަރި ދެކިލަން ދާ މީހުނަށް ސައިދޭން ވިހެއުމުގެ މަހެއްވަރު ކުރިން ހަދާފަ ޑަބިޔަ ޑަބިޔަލަށް އަޅާފަ ހުންނަނީ.

Polo fried chicken

 

We tried the famous Polo chicken… finally! Fried chicken, crispy on the outside, tender inside, with a mound of crispy garlic shreds on top… yummy!

Other pictures are of Lumpini park and Whittard of Chelsea coffee shop.

This ends of our three day staycation. I’m feeling more connected to Mamdhu than ever!

Kaset Fair

Mamdhu and I are taking a few days off from everything else to hang out with each other and to eat!

Today, we visited Kaset Fair, which was a great botanical feast!

Tomorrow, we are planning to cross Chao Praya river and eat pizza.